INDEPENDENT MEDIA – AN INTEGRAL PART OF A DEMOCRACY
26 August 2008Amjad
(published in Haama Daily)
People always showed levels of dissatisfaction about how the media has been reporting events in Maldives especially opposition events. It appears that a certain person’s views are more newsworthy than anything else. It has not been the story that was important. Newsworthiness has always been measured by whose views are being discussed and who is being glorified.
We see that the most important medium used to influence the public is media. Television, Radio, Newspapers and more recently Internet are the mediums of dissemination of information. At least one medium of these is reaching any given community. Thererfore, those who control media can change the way people think regardless of the truth and reality. A continuous mind game is played by all dictators such as in N. Korea and Zimbabwe using it as a delivery system and more often than not using religion as a tool when it comes to some Islamic countries.
However, when we look at developed countries, it is certain that a free and independent media which is also fair and balanced is an essential part of a democracy. In a democratic society, media is the eyes and ears of the people. If media is not independent, when the need arises, it could be used as a propaganda machine to promote its sponsors regardless of the reality and truth. In this process, misinformation, distortion and misleading the public occur. Laws must exist to prevent this but not to harass the media and journalists. Because they are always conscious of what the media might report about them, influential figures of the society even employ experts who can help them project as clean, honest and fair people. This is why media could act as a deterrent to wrong doings of the people in power and in influential positions. But only if it is independent.
Recently we have seen a number of newspapers, radio stations and television channels being given broadcasting licenses. With the small population we have, it is obvious that none of these channels or stations would be commercially viable. If we look at them closely, we know that behind every one of them is an influential man who is probably only interested in the idea of controlling the message. If we look at the history of our national media, one cannot blame them. For the very reason that these channels and stations may be controlled by different people who are backing different politicians, it should be fair to hope that if one channel tries to misinform or promote a story which can unfairly benefit a certain politician, then other channels would come up with the same story but in a different perspective to set the records straight. These are the only comforting thoughts. Certainly none of the owners of these networks could ever become a media tycoon for broadcasting to the Maldivian public but they can use these channels as tools for political gains for themselves and for those they support. That is when the public becomes confused. But if a story is covered with scrutiny and in different angles and with different views of people who support different ideas, then the public has the required information to decide on the underlying truth of a matter. I am sure many of us would hope to see at least one channel doing that. That would be supporting real and constructive reform for the country.
One thing for sure is if a media network is not reasonably fair, people would stop tuning in to that station labeling it as a propaganda machine for its sponsors. For one, I seldom tune in to TVM because, I still do not believe that they are even in the vicinity of being fair and balanced!
އިއްޒަތްތެރި މެމްބަރުންގެ ދެފުށް ކެހެރިފުޅު ވުން
10 August 2008ރައްޔިތުންގެ މަޖްލިސްއަށް މެމްބަރަކު ހޮވާއިރު އާއްމު ކޮށް މީހުން ބަލާ ކަންތައްތަކެއް ހުރެއެވެ. އޭގެ ތެރޭގައި މީހާގެ ތަޢްލީމީ ފެންވަރު، ވާހަކަ ދެއްކުމުގައި ދޫފަސޭހަ ކަމާއި، ދައްކާ ވާހަކައިގައި އޮއްޓަރު ހުރުން،ކުރީގެ ރިކޯޑް، ޕޮޒިޝަން، ކެރޭ މީހަކަށްވުން، މުއްސަދިކަން، މަޝްހޫރުކަން، އަދި އެމީހަކު ހުންނަ ޕާޓީ ހިމެނެއެވެ. އަދި ބައެއް އަންހެން ބޭފުޅުން މީހާގެ ސޫރައަކީވެސް ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކެއެވެ.
ރައްޔިތުންގެ މަޖްލިސްގެ ކޮންމެ މެމްބަރަކީވެސް މިކަހަލަ އެތައް ކަމެއް އެކުލެވިގެންވާ ބޮޑު ޕެކޭޖެކެވެ. އާއްމު ގޮތެއްގައި ރައްޔިތުން ހޮވަނީ މިޕެކޭޖެވެ. ގޮޑިއަށް ހޮވުމަށްފަހު މިޕެކޭޖަށް އެއްވެސް ކަހަލަ ބަދަލެއް، ނޫނީ އުނިއިތުރެއް އަތުވެއްޖިއްޔާ އޭނާއަކީ ދެފުށް ކެހެރި މީހެއް ކަމުގައި ގަބޫލު ކުރާނޭ ކޮންމެވެސް ބަޔަކު އުޅޭނެއެވެ.
މިސާލަކަށް މާރުކޭޓު ތަކާއި، ސައިހޮޓާ ތަކާއި، އަދި އާއްމު އެހެން ތަންތާގައި މާ އަޑު ގަދަކޮށް ވާހަކަ ދެއްކި މީހާ މަޖްލިސްގައި އަގައިން ނުބުނާ މީހަކަށް ވެއްޖިއްޔާ ނުވަތަ ބުނާ އެތި އެއްވެސް ތާކުންތާކު ނުޖެހޭ މިހަކަށް ވެއްޖެނަމަ އެއީވެސް ވައްތަރެއްގެ ދެފުށް ކެހެރި ވުމެއް ކަމުގައި ބެލިދާނެއެވެ. މެމްބަރަކު އުޅޭ ސަރުކާރުގެ ވަޒީފާއަކުން ވަކިވުމުގެ ސަބަބުން ވަޒީފާގެ ނުފޫޒު ބޭނުން ކޮށްގެން ކޮށްދީދީހުރި އެތައްކަމެއް ނުކޮށްދެވުމުންވެސް އޭނައަކީ ދެފުށްކެހެރިއަކަށްވާތަން އާދެއެވެ. މެމްބަރުން ޕާޓީ ބަދަލު ކުރުމަކީވެސް މިކަހަލަ ކަމެކެވެ. ކޮންމެވެސް ޕާޓީއެއްގައި ހުރުމުގެ ސަބަބުން ގިނަބައެއްގެ ރުހުން ހޯދައިގެން ހޮވޭ މެމްބަރަކު ދުވަސްކޮޅަކުން ޕާޓީ ބަދަލު ކުރުމަކީވެސް ވޯޓް ދިން މީހުންނަށް ހަރާންކޯރުވުން ކަމުގައި ބެލިދާނެއެވެ. މިއީ ދެފުއްކެހެރި ވުމުގެ އެންމެ ނުބައި ވައްތަރެވެ. މިކަހަލަ މީހުން ޕާޓީ ބަދަލު ކުރުމަށްފަހު ކުރިން އުޅުނު ޕާޓީއަކީ އެންމެ ނުބައި ޕާޓީ ކަމަށްބުނެ ހެއްދެވި ނެހެއްދެވިއަށް ގޮވާނެއެވެ. މިކަހަލަ މީހުން އުޅޭނީ ރައްޔިތުންގެ ފައިދާއަށްވުރެ އަމިއްލަ ފައިދާއަށް އިސްކަންދީގެންނެވެ. އެންމެ ކުޑަމިނުން އޭނައަށް ވޯޓްދިން މީހުންގެ ޚިޔާލަކީ ކޮބައިތޯވެސް ނުބަލާނެއެވެ.
މެމްބަރަކު ކޮންމެގޮތަކަށް އުޅުނަސް އަދި ކޮންމެ ޕާޓީއެއްގައި ހުއްޓަސް އޭނައަށް ވަފާތެރިކަންމަތީ އުޅޭ ކޮންމެވެސް ބަޔަކުވެސް އުޅެއެވެ. އެއްކަލަ ޕެކޭޖުން މިކަހަލަ މީހުންނާ އެންމެ ގުޅޭ ބަޔަކީ މުއްސަދިކަމެވެ. މުއްސަދި މެމްބަރަކު ބަގުރޫޓު ވެއްޖިއްޔާ މިކަހަލަ އަޢްވާނުންތައް އެމެމްބަރަކީ ދެފުއްކެހެރިއެއްކަމުގައި ބުނެ އެމީހަކު ދޫކޮށް ފިލާނެއެވެ. ނުވަތަ އަމިއްލައަށް ދެފުއް ކެހެރި ވާނެއެވެ.
ކުރިއަށް އޮތް އާއްމު އިންތިޚާބުގައިވެސް ވޯޓް ހޯދަން އަންނަ ކޮންމެ މީހަކުވެސް މިގޮތަށް ކެޓެގެރައިޒްޑްކޮށް އަދި އެނެލައިޒްކޮށް، ކުރިމަގުގައި އެމީހަކު ވުން އެންމެ ވައްތަރީ މީގެތެރެއިން ކޮންވައްތަރެއްގެ ދެފުއްކެހެރިއަކަށްތޯ ބެލުމަކީ ވޯޓްދޭމީހުން ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.
ދޮގަވެރިންގެ ގަދަ ފަހެއް މައުމޫނު އިޢްލާން ކޮށްލި
29 July 2008ކެންޑިޑޭޓުންނަށް އެއް ފެންވަރެއްގައި ހިމާޔަތް ދިނުން.
26 July 2008އިންތިޚާބުގެ ދުވަސްވަރު ހުރިހާ ކެންޑިޑޭޓުންނަށް އެއްފެންވަރެއްގައި ހިމާޔާތް ދިނުމާއި ބެހޭ ބިލެއް ދާދި އިހަކަށް ދުވަހު ރައްޔިތުންގެ މަޖަލީހުގެ ދ. އަތޮޅު މެމްބަރު، އަހްމަދު ނާޝިދު (އޭޑީކޭ ނާޝިދު) ރައްޔިތުންގެ މަޖްލީހަށް ހުށަހެޅި އެވެ. ނަމަވެސް މަޖްލީހުގެ މެމްބަރުންވަނީ މިބިލް ބަލައިނުގަނެ މަޖްލީހުގެ ތަޅުމުން ބޭރުކޮށްލާފައެވެ. ބައެއް މެމްބަރުން މިފަދަ ޤާނޫނެއްގެ މުހިއްމު ކަމާބެހޭގޮތުން ވާހަކަ ދެއްކިއިރު އަނެއް ބަޔަކު ބުނީ މިބިލް ހުށަހެޅުމަކީ ކަޑައެޅިގެން ދިވެހި ފުލުހުންނަށް ކުރި ޖެއްސުމެއް ކަމުގައެވެ.
އަޅުގަޑު ޔަގީނުންވެސް އެއީ ނާޝިދު ޖެއްސުމަށް ކުރިކަމެއްކަމަކަށް ގަބޫލެއް ނުކުރަމެވެ. ނަމަވެސް އަޅުގަޑު ހިތަށްއަރާ އެއްޗަކީ އެއީ ކުރެވިދާނެ ކަމެއްބާވައެވެ. ދިވެހިރާއްޖޭގެ ރަށު ކައުންސިލްތަކުގެ އިންތިޚާބާއި، އަތޮޅު ކައުންސިލްތަކުގެ އިންތިޚާބާއި، އާއްމު އިންތިޚާބާއި، ރިޔާސީ އިންތިޚާބާއި ބާއްވާއިރު މިއިން ކޮންމެ އިންތިޚާބެއްގެ ހުރިހާ ކެންޑިޑޭޓުންނަށް ފުލުހުން ހިމާޔަތް ދޭންވެއްޖިއްޔާ ފުލުހުންނަށް ހިމާޔަތް ދިނުން ނޫން އެހެން ކަމެއް ކުރެވޭނެ ހެއްޔެވެ. އެހާވަރަށް ފުލުހުންގެ ތެރޭގައި އިންސާނީ ވަޞީލަތް އެބަހުރިބާވައެވެ. މިސާލަކަށް ރަށު ކައުންސިލްތަކުގެ އިންތިޚާބު ބާއްވާއިރު، ދިވެހި ރާއްޖޭގެ މީހުންއުޅޭ ކޮންމެ ރަށަކުން އެތައް ކެންޑިޑޭޓުންނެއް ބައިވެރިވާއިރު، އެހުރިހާ މީހުންނަށް ފުލުހުންގެ ހިމާޔަތް ދިނުމަކީ ކުރެވޭނެ ކަމެއްހެއްޔެވެ. އަޅުގަޑަށް ލަފާ ކުރެވޭގޮތުގައި އެއީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެހުރިހާ ކެންޑިޑޭޓުންނަށް ހިމާޔަތް ދޭންޖެހޭނެ ކަމަކަށްވެސް އަޅުގަޑަކަށް ގަބޫލެއް ނުކުރެވެއެވެ.
ކެންޑިޑޭޓުންތަކަކަށް ހިމާޔަތް ދޭނަމަ ހިމާޔަތް ދޭންޖެހޭނީ ހަމައެކަނި އިންތިޚާބީ މަރްޙަލާގައި އެކަންޏެއް ނޫނެވެ. އެކެންޑިޑޭޓަކު ކުރިމަތިލާ މަގާމަކަށް ހޮވުނީމަވެސް ހިމާޔަތް ދޭންޖެހޭނެއެވެ. ސަބަބަކީ ކެންޑިޑޭޓަށްވުރެ އަސްލު މަގާމުގައި ހުންނަ މީހާގެ މުހިއްމު ކަން ބޮޑުވާނެތީއެވެ. ނަމަވެސް މިބުނި އިންތިޚާބުތަކުން ހޮވޭ ގިނަ މީހުންގެ ޖާނަކަށް އެހާބޮޑު ނުރައްކަލެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. މިހާރުވެސް ރައްޔިތުންގެ މަޖްލިސްގެ މެމްބަރުންގެ އުޅުން އެހެން މީހުންގެ އުޅުމަކާ ވަކި ތަފާތެއް ނޫނެވެ. ސައިހޮޓާތަކާއި ރެސްޓޯރެންޓްތަކާއި އަދި އެނޫން އެހެން އާއްމު ތަންތަނުންވެސް މިމީހުން ފެނެއެވެ. މިމީހުން އުޅޭގޮތުން މިމީހުންގެ ޖާނަކަށް އެއްވެސް ނުރައްކަލެއް އޮންނަހެނެއް ހީއެއް ނުވެއެވެ. ކުރިމަގުގައި ރަށު ކައުންސިލްތަކަށް ހޮވޭ މީހުންގެވެސް އުޅުމަކަށް މާބޮޑު ތަފާތެއް ނާންނާނެއެވެ. އެމީހުންވެސް ވަކި ފުލުހުންގެ ހިމާޔަތުގައި އުޅެން ޖެހޭނެހެނެއް ހީއެއްނުވެއެވެ.
ނަމަވެސް ރިޔާސީ ކެންޑިޑޭޓުން މިއެންމެންނާ ތަފާތެވެ. ކޮންމެ ރިޔާސީ ކެންޑިޑޭޓަކީވެސް ރައީސުލް ޖުމްހޫރިއްޔާއަކަށް ވެދާނޭ މީހެކެވެ. ރައީސުލް ޖުމްހޫރިއްޔާއަކީ ސިފައިންގެ ފުރިހަމަ ހިމާޔަތުގައި ހުންނަ މީހެކެވެ. ރައީސުލްޖުމްހޫރިއްޔާއެއް މާރުކޭޓުންނާއި، ސައިހޮޓާތަކުންނާއި، ފިހާރަތަކުން އާއްމުކޮށް ނުފެންނާނެއެވެ. އެއްވެސް ގައުމެއްގެ ގައުމުގެ އެންމެ މަތީވެރިޔާ މިގޮތަށް އުޅޭތަނެއް ނުފެންނާނެއެވެ. މިއީ އައްނި، ހަސަން ސައީދު ނުވަތަ އިބުރާ މިމަގާމަށް ހޮވުނަސް މިކަންވާނެގޮތެވެ. އެހެން ކަމުން ރިޔާސީ ކެންޑިޑޭޓުންނަކީ އެހެން އިންތިޚާބުތަކުގެ ކެންޑިޑޭޓުންނާ ތަފާތު ބައެކެވެ. ރައީސުލް ޖުމްހޫރިއްޔާގެ ޖާނަށް އޮންނަ ނުރައްކަލެއް ކުރިމަގުގައި ރައީސަކަށް ވެދާނެ މީހެއްގެ ޖާނަށްވެސް އޮނަނާނެ ކަމަށް ބަލަން ޖެހެއެވެ. އެހެން ކަމުން ރިޔާސީ ކެންޑިޑޭޓުންނަށް ސިފައިންގެ ނުވަތަ ފުލުހުންގެ ފުރިހަމަ ހިމާޔަތް ލިބެންޖެހޭނެއެވެ. ނަމަވެސް އެހެން ކެންޑިޑޭޓުންނަށް ހިމާޔަތް ދޭން ޖެހޭނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ.
މައުމޫނު ގޯސް. ނާސިރު ރަގަޅު. ކިހާވަރެއްގެ ހަގީގަތެއް.
24 July 2008މިހާރަކަށް އައިސް ދެމީހަކު ބައްދަލުވެލާއިރަށް އެންމެ ފުރަތަމަޔަށް ދެކެވޭ ވާހަކައަކީ ކޮންމެވެސް ސިޔާސީ ވާހަކައެކެވެ. މީގެތެރޭ ސަރުކާރާ އެއްކޮޅަށް ވާހަކަ ދައްކާ މީހުންނާ ދެކޮޅަށް ވާހަކަދައްކާ މީހުންތިބެއެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ ކަންކަން އެގިގެން ވާހަކަ ދައްކާ މީހުން ކަމުގައި ވިޔަސް އަނެއްބައި މީހުންނަކީ މާގިނަ އެއްޗެހި ތަކެއް އެގިގެން ވާހަކަ ދައްކާ ބައެއް ނޫނެވެ. ކޮންމެވެސް އެއްޗެކޭ ކިޔައިގެން ވާހަކައިގައި ބައިވެރިވެލަނީ އެވެ. އެއްވެސް އެއްޗެކޭ ނުބުނަންޏާ އޭނާއަކީ މާދަށް މީހެއް ނުވަތަ އެއްވެސް އެއްޗެއް ނޭގޭމީހެއްކަމަށް ހީވެދާނެތީ ކަންނޭގެއެވެ. ބަޔަކަށް އަލަށް ކަމެއް ދަސްވީމާ ވާނީވެސް މިހެންނެވެ. ދިވެހިންނަކީ ފާޅުގައި ސަރުކާރަށް ނުވަތަ ރައީސަށް ފާޑު ކިޔުމަށް އާދަވެފައި ތިބި ބައެއް ނޫނެވެ. ދޮންނަކުޑިއަކާ ބެހޭގޮތުން “މިހާރުގެ ރައީސަށްވުރެ ކުރީގެ ރައީސް މާރަގަޅު” ކަމަށް ކޮންމެވެސް މީހަކު ބުނެގެން އޭނާ ސިފައިންގެއަށް ގެންދިޔަ ވާހަކައަކީ ދިވެހިންގެ ތެރޭގައި އާއްމުކޮށް ކިޔާއުޅޭ ޖޯކެކެވެ. ކިރިޔާވެސް ބުނެލެވޭ އެއްޗަކުން މީހާ އޮންނާނީ ގޮޅިއަކަށް ފެތިފައެވެ. ރައީސް ދޮންނަ ކުޑީގެ ޖޯކަކީ ހަގީގަތަކަށްވެސް ވެދާނެއެވެ. ކޮންމެއަކަސް މިހާރުގެ ރައީސާ ކުރީގެ ރައީސާ އަޅާކިޔުމަކީވެސް މިހާރުގެ އެންމެ އާއްމު އެއް މަވްޟޫޢެވެ.
މިގޮތުން މައުމޫނަށް ވުރެ ނާސިރު މާރަގަޅުކަމަށް ބުނާ މީހުން މިދެރައީސުން އަޅާކުޔުމުގައި އެއްވެސް އިންސާފެއްނެތި ވާހަކަ ދައްކާކަމީ އަޅުގަޑަށް ފާހަގަ ކުރެވުނު ކަމެކެވެ. މައުމޫނުގެ ވެރިކަމުގައި ނުކުރެވި ހުރިކަންތަކާ ގޯސްކޮށް ކޮއްފައި ހުރިކަންތަކުގެ ވާހަކަ ދައްކާފައި ދެން މިދައްކަނީ ނާސިރުގެ ވެރިކަމުގައި ރަގަޅަށް ކޮށްފައި ހުރިކަންތަކުގެ ވާހަކައެވެ. އިންސާފުން ވާހަކަ ދައްކާނަމަ މައުމޫނުގެ ވެރިކަމުގައި ގޯސްކޮށް ހިގާފއިވާ ކަންތަކުގެ ވާހަކަދައްކާފައި ދެން ދައްކަންޖެހޭނީ ނާސިރުގެ ވެރިކަމުގައި ގޯސްކޮށް ކޮއްފައި ހުރިކަންތަކުގެ ވާހަކައެވެ. މިގޮތަށް ވާހަކަ ދައްކާނަމަ ނާސިރަކީވެސް މަހާތުމާ ގާދީ ފެންވަރުގެ ނަންވައިލެންޓް މީހެއްނޫންކަމާ މުގާބޭ ނުވަތަ ސައްދާމު ވަރުގެ ޖައްބާރު ޑިކްޓޭޓަރެއްކަން އެގުނީހެވެ.
ނާސިރުގެ ވެރިކަމުގައިވެސް، އޭނާގެ ސިޔާސަތަށް ނުރުހުނަސް އެއްވެސް މީހަކަށް ފާޅުގައި ދެކޮޅުދާކަށް ނުކެރެއެވެ. ދެކޮޅު ހެދިމީހެއްވިއްޔާ އެމީހަކު ދާން ޖެހޭނީ ޖަލަށެވެ. އެތައް ބަޔަކު ޖަލުގައި މަރާލާފައިވާ ކަމަކީ އެންމެނަށް އެގޭ ހަގީގަތެކެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނޯވެއެވެ. ކުރަންޏާ ކުރަންޖެހޭނީ އޭނަޔާ އެއްކޮޅަށެވެ. ރައްޔިތުންގެ މަޖްލީހުގައި މެމްބަރަކަށް ބުނެވޭ އެއްޗަކުން އެމީހަކު ހުންނަނީ ކުށްވެރި ވެފައެވެ. މައުމޫނުގެ ވެރިކަމުގައިހެން، ރިޔާސީ އިންތިޚާބުގައި ކެމްޕޭން ކުރެވޭނީ އޭނަޔާ އެއްކޮޅަށެވެ. ދެކޮޅަކަށް ކުރާ ބަޔަކު ވާނީ ރައްޔިތުންނާ ސަރުކާރާ ޖައްސާ ބަޔަކަށެވެ. ތަރައްގީއަށް ކުރިކަމެއްވިއްޔާ ކުރީ މާލެއަށެވެ. ރާއްޖެތެރެ އޮތީ ރޮލަށެވެ. މީހުން ބިކަ ހާލުގައި އުޅުނުއިރު ރައްޔިތުންގެ ލާރީގައިކުރީ އަމިއްލަ ވިޔަފާރިއެވެ. އެންމެ ފަހުން ހުރިހާ ލާރިއެއް ހިފައިގެން ރައްކާވީއެވެ.
ބައެއްމީހުންގެ ނަޒަރުގައި ހުރިހާ ތަރައްޤީއެއްވެސް ފައްޓާދިނީ ނާސިރެވެ. ޓީވީ މޯލްޑިވްސްއާ، ދިވެހިރާއްޖޭގެ އަޑާ، މާލޭގެ ބިންހިއްކުމާ، މިހެންގޮސް ބޮޑު ލިސްޓެއް މިބުނާމީހުން ކިޔާއުޅެއެވެ. މިމީހުންބުނާގޮތުން މައުމޫނުގެ ތިރީސް އަހަރުގެ ވެރިކަމުގައި ކުރި އެއްވެސް ކަމެއްނެތެވެ. ދުނިޔެ ތަރައްޤީ ވަމުންދާނަމަ ރާއްޖެވެސް އެއާކު ތަރައްޤީ ވާނެއެވެ. އެއީ ދިވެހިރާއްޖެއަކީވެސް މިދުނިޔޭގެ ތަނަކަށް ވީތީއެވެ. ތަފާތަކީ މައުމޫނުގެ ވެރިކަމުގައި ހުރިހާ ތަރައްޤީއެއްވެސް ވީއެވެ. އެކަމަކު ނާސިރުގެ ވެރިކަމުގައި ހުރިހާ ތަރައްޤީއެއް ކުރީއެވެ. އެކަމަކު މައުމޫނުގެ ވެރިކަމުގައި އޭނާކުރި ކަންތަކުގެ ކްރެޑިޓް އޭނައަށް ހައްޤު ނޫންނަމަ ވަކި ނާސިރު ކުރިކަމެއްގެ ކްރެޑިޓް އޭނަޔަށް ހައްޤުވާނެ ހެއްޔެވެ. ދެމީހުންވެސް ވެރިކަމުގައި ތިބީއެވެ. ރާއްޖެއަށް އައި ތަރައްޤީއެއް އައީ އަމިއްލައަށެވެ.
ނާސިރުގެ ބޮޑުވަޒީރުކަމުގެ ކުރީކޮޅު އޭނާއާ އެންމެ ފުރަތަމަވެސް ދިމާވި ކަމަކީ މަޝްހޫރު އައްޑޫ ބަޣާވާތެވެ. މިބަޣާވާތް ކުރަން ޖެހުނު ސަބަބުތަކާ ދޭތެރޭ އަޅުގަޑު ވާހަކަ ދައްކާކައް ނެތީމެވެ. އަޅުގަޑު ބަލާލަން ބޭނުންވަނީ ނާސިރު މިކަން ހައްލު ކުރަން އުޅުނު ގޮތަށެވެ. މިބަޣާވާތުގައި ދެކުނުގެ ހަތަރު އަތޮޅު ބައިވެރިވި ކަމުގައިވިޔަސް އިގިރޭސިން ޙިމާޔަތް ދީފައި އޮތީ ހަމައެކަނި އައްޑުއަތޮޅަށެވެ. އެހެންކަމުން ހިމާޔަތް ނުލިބި ތިން އަތޮޅާ ހަގުރާމަޔަށް މޯލްޑިވްސް ސްޓާރ ކިޔާ ބޯޓެއްގައި ނާސިރު ދިޔައެވެ. އޭނާގެ މި މިލިޓަރީ އޮޕަރޭޝްންގެ އެންމެ މަޝްހޫރު ހާދިސާއަކީ އޭނާ ތިނަދޫ ފަތަހަ ކުރިގޮތެވެ. ތިނަދޫ ރައްޔިތުންނަށް އެންގީ ވަގުތުން ރަށުން ފޭބުމަށެވެ. އަންހެނުންނާ ކުޑަކުދިންނަކަށްވެސް ބެލުމެއްނެތިއެވެ. ހީވީ އޭނާ ވަރުވާއަށް ލިޔެފައި އޮތް ރަށަކަށް ބަޔަކު އަރާތިބިހެންނެވެ. ބޮޑު މާރަށެއްގެ ރައްޔިތުން އަތުންހިފައިގެން ކިރިޔާ ގެންދެވޭ ވަރުގެ ސާމާނު ކޮޅެއް ހިފައިގެން ޅަދަރިންތައް ގޮވައިގެން ރަށުން ފައިބައިގެން، ދާނެވަކި ތަނެއްނޭގި ފުރައިގެންދިޔަ ގޮތް އެގޭނީ ތިނަދޫގެ ދުވަސް މީހަކު ކައިރިން އަހާލީމައެވެ. މިގޮތަށް ފައިބައިގެންދިޔަ ބައެއް މީހުން ރަށްރަށުގެ އޮޑި ހަރުގެ ތަކުގައިވެސް އުޅުނު ކަމަށްވެއެވެ. ތިނަދޫގެ ރައްޔިތުން އަމިއްލަ ޤައުމުގައި ރެފިއުޖީންނަށްވީއެވެ. މިހިސާބުން ނިންމާލީއަކީ އެއްނޫނެވެ. ރައްޔިތުންގެ ގެދޮރާ މުދަލާ އަދި އޮޑިދޯނިފަހަރުވެސް އަންދާލީއެވެ. ސުވާލަކީ މިއީ ރަގަޅު ލީޑަރަކު މިކަން ހައްލު ކުރާނެ ގޮތްހެއްޔެވެ. މުޅިރަށެއްގެ ރައްޔިތުން ރަށުން ނުބާލާ އަދި މީހުންގެ މުދަލުގައި ރޯނުކޮށް މިކަން ހައްލުވާނެ އެއްވެސް ގޮތެއް ނެތީ ހެއްޔެވެ. އެރަށުގެ ކުޑަކުދީންނާ ޅަކުދިންގެ އޮތީ ކޮންކުށެއް ހެއްޔެވެ.
ބައެއް މީހުން ނާސިރު ނުކުރާ ކަންތައްވެސް އޭނާ ކުރި ކަންތައްކަމުގައި ހަދައިގެން އުޅެއެވެ. މީގެ އެއް މިސާލަކީ ގަމުން އިގިރޭސިން ފޭބުމާ ނާސިރާ ގުޅުވައިގެން ދައްކާ ވާހަކައެވެ. ވަރަށް ގިނަ މީހުން ހީކުރާ ގޮތުގައި ގަމުން އިގިރޭސިން ބޭލީ ނާސިރެވެ. ނަމަވެސް ނާސިރު ގަމުން އިގިރޭސިން ބޭލި ގޮތެއް މިއިން މީހަކަށް ބުނެދޭކަށް ނޭގެއެވެ. ޚުދު ނާސިރު ސޮއި ކޮށްފައިވާ އެގްރީމެންޓެއް އިގިރޭސިން އަތުގައި އޮތްވާ އިގިރޭސިން ނާސިރު ބުނާއިރަށް ފައިބައިގެން ދާނެހެއްޔެވެ. (ހަތް ސަފުހާގެ މިއެގްރިމެންޓްގެ ކޮޕީއެއް އަޅުގަޑު އަތުގައި މިހާރުވެސް އެބައޮތެވެ.) މިއެގްރިމެންޓްގެ ދަށުން އިގިރޭސިންނަށް ގަން ކުއްޔަށް ދީފައިވަނީ ތިރީސް އަހަރަށެވެ. ތިރީސް އަހަރަށް ގަން ކުއްޔަށް ދީފައި ވިހި އަހަރު ހަމަވުމާއެކު އެމީހުން ބާލަން ނާސިރު އުޅެފާނެ ހެއްޔެވެ. ނާސިރަކީ އެވަރުގެ ގަމާރަކީ ހެއްޔެވެ. 1976 ގައި އިގިރޭސިން ގަމުން ފޭބިއިރު އެގްރީމެންޓްގައި ބާކީ ދިހަ އަހަރު އޮތެވެ. ގަދަކަމަށް އިގިރޭސިން ބޭލުމުގެ ކުޅަދާނަކަން ދިވެހި ސަރުކާރުގައި ހުންނާނީ ކިހާވަރަކަށްކަން އަޅުގަޑު ނުބުންޏަސް ކޮންމެ ދިވެއްސަކަށްވެސް އެގޭނެއެވެ. މިއެގްރިމެންޓް އޮތްވާ އދ އަށްވެސް މިމައްސަލަ ހުށަހެޅުމުގެ ފުރުސަތެއް ނާސިރަކަށް ނޯންނާނެއެވެ. އެހެންކަމުން އިގިރޭސިން ގަމުންބޭލީ ނާސިރުކަމަށް ގަބޫލު ކުރެވޭނޭ އެއްވެސް ސަބަބެއްނެތެވެ. ބައެއް މީހުން މިގޮތަށް ނޫސްތަކުގަ ލިޔަނީ މިކަމުގެ އެއްވެސް ހަގީގަތެއް ބަލާފައެއްނޫނެވެ ނޫނެވެ. އިގިރޭސިން ގަމުން ފޭބިއިރު ވެރިކަމުގައި ހުރީ ނާސިރު ކަމުން އެއީވެސް ނާސިރު ކޮށްދިން މޮޅުކަމެއްގެ ގޮތުގައި ލިޔަނީއެވެ.
އިގިރޭސިން ގަމުން ފޭބުމުގައި ވަނީ އެމީހުންގެ އަމިއްލަ ސަބަބުތަކެކެވެ. އޭގެ އެންމެ މުހިއްމު ސަބަބަކީ އިގިރޭސިން ގަމަށް އައިއިރު އެމީހުން އޮތް މަގާމު އެމީހުންނަށް ގެއްލި ދުނިޔޭގެ އެންމެ ބޮޑުބާރުގެ މަގާމަށް އެމެރިކާ އައުމެވެ. މިކަމާގުޅިގެން އިގިރޭސިން އެމީހުންގެ ޑިފެންސް ބަޖެޓް ކުޑަކުރަން ނިންމިއެވެ. އަދި ގަމާ މާދުރުނޫން ހިސާބެއްގައި އެމީހުންނަށް ބޭނުން ކުރެވޭގޮތަށް ޑިއެގޯގާސިއާ (ފޯޅަވަހި) އޮތުމަކީ މީގެ އެންމެ ބޮޑު ސަބަބެވެ.
އިގިރޭސިން ގަމުން ފޭބުމާއެކު 1956 ގެ ބަޣާވާތުގެ ބަދަލު ނާސިރު ވަރަށް ރަގަޅަށް ހިފިއެވެ. ގަން އެއްކޮށް ލޫޓުވާލިއެވެ. އުފުއްލާލައިގެން ގެންދެވެންހުރި ހުރިހާ އެއްޗެއް ބޯޓުފަހަރުގައި މާލެ ގެންދިޔައެވެ. މަގުމަތީގައި އަޅާފައި ހުރިތާރަޔާ އެއަރޕޯރޓްގެ ރަންވޭ ކަޑަކަޑައިގެން ގެންގޮސް ނުވިއްކިކަން ނަސީބެކެވެ. ބައެއް އަގުބޮޑެތި އެއްޗެހި އެއީ ކޯޗެއްކަން ނޭގި ނުއަގުގައިވެސް ވިއްކާލިއެވެ. ގެންދިޔަ ބައެއް ސާމާނުތައް ކުރާނެ ވަކިކަމެއްނެތި ތިބިތާތިބެ ދަބަރަށް ވިއެވެ. އިގިރޭސިން ދޫކޮށްފައި ދިޔައީ ކިހާ އަގުބޮޑު މުދާގަޑެއްކަމާ އޭގެ ބޭނުން ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތެއްގައި ހިފޭނީ ކިހިނެއްކަމެއް ނާސިރު ނުބަލައެވެ. ގަން އޮތީ ނުލަހިކު ފަސޭހައިން ޓުއަރިސްޓް ރިސޯޓކަށް ބަދަލަކޮށްލެވިދާނެ ފެންވަރުގައި ކަމެއް ނާސިރަށް ނޭގުނީއެއް ނޫނެވެ. ނަމަވެސް އޭގެ ދެއަހަރު ފަހުން އޭނާ ރާއްޖެއިން އެއްކޮށް ދާން ނިންމާފައި އޮތުމުގެ ސަބަބުން އޭނާ ބެލީ ގަމުގެ މުދާތައް ވިއްކާލައިގެން ލިބޭ ވަގުތީ ފައިދާއަށެވެ. އެންމެ ފަހުން ހުރިހާ ލާރިއެއް ހިފައިގެން ރާއްޖެއިން ފިލީއެވެ.
ނާސިރާއި މައުމޫނާއި ދެމީހުންގެ ވެރިކަމުގައިވެސް ރަގަޅު ކަންތަކެއްވެސް ކޮށްފައި ހުންނާނެއެވެ. މީހުން ގިނަފަހަރު ދައްކާނީ ނުވެހުރި ކަންތަކާ ކުރެވުނު ގޯސް ކަންތަކުގެ ވާހަކައެވެ. އެއީ މައްސަލައެއް ނޫނެވެ. އިސްލާހާއި ތަރައްގީއަށް އެދޭ ބަޔަކު އަބަދުވެސް ދައްކާނީ ނުކޮށްދެވި ހުރިކަންތަކާ ބެހޭގޮތުންނެވެ. އަޅުގަޑުގެ މިލިޔުމުގެ ބޭނުމަކީ ކޮންމެހެން މައުމޫނާއި ނާސިރާއި ދެމީހުންގެ ތެރެއިން ރަގަޅީ ކާކުތޯ ބެލުމެއް ނޫނެވެ. މައުމޫނަށްވުރެ ނާސިރު މާރަގަޅު ކަމަށް ބުނާބުނުމަކީ ހަގީގަތެއް ނޫންކަން އެންގުމެވެ. މައުމޫނަކީ ޑިކްޓޭޓަރެއް ވެއްޖިއްޔާ ނާސިރަކީ އެއަށްވުރެ ބޮޑު ޑިކްޓޭޓަރެކެވެ. ދިވެހި ރާއްޖޭގެ ރައީސަކަށް ދެވަނަ މައުމޫނެއް ބޭނުން ނުވާ މީހަކު ދެވަނަ ނާސިރެއްވެސް ބޭނުން ނުވާނެއެވެ.
ދިވެހިންގެ ކާމިޔާބު މިސަރަހައްދުގެ ބައެއް މީހުން ޤަބޫލެއް ނުކުރޭ.
14 July 2008ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ޤައުޓީމު ކުޅުނު ހުރިހާ މެޗެއް ވަރަށް ޝައުޤުވެރި ކަމާއެކު އަޅުގަޑު ބެލީމެވެ. ޚާއްސަ ކޮށް އަޅުގަޑުގެ އަތޮޅަށް ނިސްބަތްވާ ކުޅުންތެރިންތަކެއް ޤައުމީޓީމުގައި ހިމެނުނީތީ ފަޚްރުވެރި ވިއެވެ. އަދި އަޅުގަޑުގެ ރަށަށް ނިސްބަތްވާ ކުޅުންތެރިއެއް ކަމުގައިވާ އައްމަޓީ ފުރަތަމަ 11 އަށް އަރާ ޓީމުގެ ވަރަށް މުހިއްމު ރޯލެއް އަދާކުރީތީވެސް ވަރަށް އުފާވިއެވެ. ނަމަވެސް ޤައުމީޓީމުގެ ހުރިހާ މެޗެއްވެސް އަޅުގަޑު ބެލީ ޤައުމީ ރޫޙުގައެވެ. ރަށު ނުވަތަ އަތޮޅު ރޫޙެއްގައެއް ނޫނެވެ.
އަޅުގަޑަކީ އިންޓަރނެޓުން ޚަބަރުތައް ކިޔަން އާދަވެފައިވާ މީހަކަށްވާތީ ދިވެހި ޓީމަށް ޗެމްޕިއަންކަން ލިބުމާ އެކު ވަރަށްގިނަ ސައިޓްތަކާ ފޯރަމް ތަކުން ރާއްޖޭގެ ކާމިޔާބާ ދޭތެރޭ ދެކެނީ ކިހިނެތްތޯ ބެލީމެވެ. އަޅުގަޑަށް އެގުނު ގޮތުގައި މިސަރަހައްދުގެ ވަރަށްގިނަ މީހުންނާއި ނޫސްވެރިންނަށް އަޅުގަޑުމެންގެ ކާމިޔާބު ހަޖަމެއް ނުކުރެވުނެވެ. އެމީހުން ތިބިގޮތަށް ތިއްބާ ދިވެހިރާއްޖެ އައިސް އެމީހުނާ އަރާހަމަކުރިކަމެއް ޤަބޫލެއް ނުކުރެވުނެވެ. ބައެއްމީން ރާއްޖެއަށް ތާރީފު ކޮށްފައި ހުއްޓަސް އަނެއްބައި މީހުންގެ ނަޒަރުގައި ރާއްޖެއަށް ލިބުނީ ހައްޤުނޫން ކާމިޔާބީއެކެވެ. ބަންގްލާދޭޝްގެ ފޯރަމެއްގައި ބުނެފައިވަނީ މިސަރަހައްދުގެ ޕްރޮފެޝަނަލް ލީގެއް އޮންނަނީ ބަންގްލާދޭޝްއާއި އިންޑިއާގައި އެކަނި ކަމަށެވެ. ޕްރޮފެޝަނަލް ލީގެއްވެސް ނޯންނަ ބަލި ޤައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ. ލަންކާމީހަކު ސައިޓެއްގައި ލިޔެފަ އިންނަ ކޮމެންޓެއްގައި ބުނެފައިވަނީ ދިވެހިން މޮޅުވާނީ ހަމައެކަނި މަސްބާނަން ކަމުގައެވެ. އަދި މުބާރާތް ފެއްޓުމުގެ ކުރިން ޕާކިސްތާނުގެ ވެބްސައިޓެއްގައި ލިޔެފައިވަނީ ސާފްޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ އަބަދުވެސް ރާއްޖެއާއި އެކަށީގެންނުވާ ނަތީޖާ ނެރޭ ކަމުގައެވެ. މުބާރާތް ފެއްޓުމާއެކު ރާއްޖޭގެ “އެކަށީގެންނުވާ” ފެންވަރު އެންމެ ފުރަތަމަ ތަޖްރިބާކުރަން ޖެހުނީވެސް ޕާކިސްތާނަށެވެ. ރާއްޖެ ވަނީ ޕާކިސްތާނު ކޮޅަށް 3 ލަނޑު ޖަހާފައެވެ. އިންޑިއާ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމުގައިވާ ޕްރަދީޕް ޔޫރަޕްގެ މަޝްހޫރު ފުޓްބޯޅަ ވެބްސައިޓެއްކަމުގައިވާ ގޯލް ޑޮޓްކޮމުން ކުރި އިންޓަރވިއުއެއްގައި ބުނެފައިވަނީ އެމީހުންގެ ނަސީބު ދެރައީކަމުގައެވެ. ޢާއްމު ގޮތެއްގައި ނަސީބު ދެރަވެގެން ބަޔަކު ބަލިވީކަމަށް ބުނަނީ އިދިކޮޅު ޓީމަށްވުރެ މޮޅަށް ކުޅެ ގޯލްޖަހާނެ ގިނަފުރުސަތުތަކެއް ލިބިފައި ބަލިވުމުންނެވެ. އެކަމަކު އެދުވަހު މޮޅަށް ކުޅުނީވެސް އަދި ގިނަ ފުރުސަތުތަކެއްވެސް ލިބުނީ ރާއްޖެއަށްކަން މެޗުބެލި އެންމެންނަށް އެގޭނެއެވެ. ރާއްޖެއާއި އިންޑިއާ މާލޭގައި ކުޅުނު މެޗުން ދިވެހި ޓީމް ބަލިވީ ނަސީބުދެރަކަމުންނޭ ބުނެވިދާނެއެވެ. ސަބަބަކީ އެދުވަހު އިންޑިއާ މޮޅުވިޔަސް މޮޅަށް ކުޅެ ލަޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވަނީ ރާއްޖެއަށް ކަމުންނެވެ. އަދިމީގެ އެންމެ ހެއްވާ ކަމަކީ ޕްރަދީޕް ބުނިގޮތުން މެޗްބަލަން ރާއްޖެއިން ސްރީލަންކާއަށް ދިޔަ ފަސްހާސް މީހުން ކުރަން ޖެހުނުހާވެސް ކަމަކީ ފްލައިޓް ޓިކެޓް ގަތުން ކަމުގައެވެ. ބާކީ ހުރިހާ ޚަރަދެއްކުރީ ދިވެހި ސަރުކާރުން ކަމުގައެވެ. މިސާލަކަށް މިވާހަކައަކީ ތެދެއްކަމުގައި ވީނަމަވެސް މިއީ ކުޅުންތެރިޔަކު ދައްކާ ކަހަލަ ވާހަކައެއްހެބާވައެވެ.
މިފަހަރުގެ މުބާރާތުގައި ދިވެހި ޓީމަށް ދިމާވި ބައެއްކަންކަމަކީ ސަޕޯޓަރުން ހިތްހަމަ ނުޖެހުނު ކަންތައްކަމުގައިވިޔަސް އެކަންތައްތަކަކީ މުޅިމުބާރާތަށް ބަލާއިރު އޭގެ ސަބަބުން ފައިދާތަކެއްވެސް ކުރުވި ކަންކަމެވެ. މިސާލަކަށް ދިވެހިރާއްޖެ ގްރޫޕް ސްޓޭޖްގައި އިންޑިއާ އަތުން ބަލިވި ބަލިވުމެވެ. ޕްރަދީޕްގެ ޕޮއިންޓަކީ އެމީހުން ބަލިވީ “ދިވެހިސަރުކާރުގެ ޚަރަދުގައި” ލަންކާއަށް ދިޔަ އެތައްހާސް ދިވެހިންގެ ސަބަބުން ކަމުގައިވީނަމަ އޭނާއަކަށް އެހެން ބުނުމުގެ އެއްވެސް ޖާގައެއްނެތެވެ. ސަބަބަކީ އިންޑިއާ ވަނީ ދިވެހިރާއްޖޭގައި ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި އެމީހުންގެ ފުލްޓީމުގެ އެތައް ކުޅުންތެރިންނުލާ ރާއްޖެ ބަލިކޮށްފައެވެ. އެދުވަހު ދަނޑަށްވަން ދިވެހި ސަޕޯޓަރުން މާގިނައެވެ. މިމެޗުން ބަލިވުމުގެ ސަބަބުން ރާއްޖޭގެ ޓީމަށް ސެމީފައިނަލް މެޗް ރާއްޖޭގައި ކުޅުމުގެ ފުރުސަތު ގެއްލުނެވެ. ނަމަވެސް ލަންކާއަށް ގޮސް އެމީހުންގެ ސަޕޯޓަރުންގެ ކުރިމަތީގައި އެމީހުން ބަލިކޮށް ފައިނަލަށް ދިއުމަކީ ދިވެހި ޓީމަށް ލިބުނު ޕްލަސް ޕޮއިންޓެކެވެ. ފައިނަލް މެޗުގައި އިންޑިއާގެ ކުޅުންތެރިޔަކު ގަސްތުގައި އުޅަބޮށިންޖަހާ ދިވެހިޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އަޝްފާޤުގެ މޫނުމަތި ފަޅާލި ހާދިސާއަކީ ސީދާ ރަތްކާޑެއް ދައްކަންޖެހޭ ކަމެކެވެ. ދުނިޔޭގެ އެހެން އެއްވެސް ރެފްރީއަކު އެނޫން ގޮތަކަށް ހަދާނެހެނެއް ހީއެއްނުވެއެވެ. އެކުޅުންތެރިޔާއަށް ރަތްކާޑު ދެއްކިނަމަ ދިވެހިންނަށް މޮޅުވާން ތަންކޮޅެއް ފަސޭހެވީސް ކަންނޭގެއެވެ. ނަމަވެސް އެދުވަހު އެހެންވިނަމަ އިންޑިއާ ބަލިވީ 10 ކުޅުންތެރިންނާއެކު ކުޅުނީމަ ކަމަށް އެމީހުންގެ މީޑިއާ ތަކުން ބުނާނެއެވެ.
ޢާއްމު ގޮތެއްގައި މުޅި މުބާރާތުގައި ހުރިހާކަމެއްވެސް ދިވެހިންނަށް ދިމާވީ ރަގަޅަށެވެ. ދިވެހިޓީމަކީ ހަގީގަތުގައިވެސް މުޅިމުބާރާތުގެ އެންމެ މޮޅުޓީމެވެ. މުބާރާތުގެ އެންމެ ގިނަލަޑު ޖެހި ޓީމެވެ. މުބާރާތުގެ އެންމެ ގިނަލަޑު ޖެހި ކުޅުންތެރިޔާއާއި ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާވެސް ހުރީ ދިވެހި ޓީމުގައެވެ. މިކަން މިސަރަހައްދުގެ މީޑިއާތަކުން ފާހަގަ ނުކުރިޔަސް ދުނިޔޭގެ މީޑިއާތަކުން ފާހަގަ ކުރެއެވެ. މީގެ ހެއްކަކީ ގޯލްޑޮޓްކޮމް އިން ހޮވި މުޅި އޭޝިޔާގެ އެންމެ މޮޅު 10 ކުޅުންތެރިންގެ ތެރޭގައި ދިވެހި ޓީމުގެ އަޝްފާޤު ހިމެނުމެވެ.
ބަޔަކު ޤަބޫލު ނުކުރިޔަސް ދިވެހިރާއްޖެއަކީ މިހާރު ދެކުނު އޭޝިޔާގެ އެންމެ ބޮޑު އެއްބާރެވެ. މިހާހިސާބުން ދެން ދިވެހިން ވިސްނަންވީ ދިވެހި ފުޓްބޯޅަ މިއަށްވުރެ މަތީލެވެލަކަށް ގެންދެވޭތޯއެވެ. މިގޮތުން އިންޓަރ ސްކޫލު ފުޓްބޯޅަ މުބާރާތާ ޕޮމިސް ކަޕް ކަހަލަ މުބާރާތް އަލުން ކުޅެން ޖެހެއެވެ. ރަށްރަށާ އަތޮޅު ފެންވަރުގައި މުބާރާތްތައް ކުޅެންޖެހެއެވެ. ދިވެހި ކުޅުންތެރިންނަށް ބޭރުގެ ކްލަބުތަކުގައި ކުޅެން ލިބޭ ފުރުސަތު ބޭނުން ކުރަންޖެހެއެވެ. ޤައުމީޓީމު ފްރެންޑްލީ މެޗުތައް ކުޅެން ޖެހެއެވެ. މިގޮތުން މިސަރަހައްދުގެ ޓީމުތަކުގެ އިތުރަށް އާސިއާނުގެ ޤައުމުތަކާ އެކު މެޗުތައް ކުޅުމަކީ ދިވެހި ފުޓްބޯޅަ އިތުރަށް ތަރައްޤީވާނެ ކަމެކެވެ. އޭރުން އެއްކަލަ ބަލި ޤަބޫލު ނުކުރާ މީހުން ދިވެހިންގެ އަތުން ބޮޑު ތަފާތަކުން ބަލިވާ ދުވަސް އޮންނާނީ ވަރަށް ކައިރީގައެވެ.
އަފިރިންގެ ހުވަފެން ބިލާހަކަށް
12 July 2008ދެހާސްހަތެއްގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހަކީ މިފަހަކަށް އައިސް އައްޑު އަތޮޅު މީހުންނަށް އައި އެންމެ ބޮޑު ޢީދުދުވަހެވެ. އެދުވަހަކީ އަލަށް އިންޓަރނޭޝަނަލް އެރޕޯޓަކަށް ބަދަލުވި ގަމުގެ ވައިގެ ބަދަރަށް ފުރަތަމަ އިންޓަރނޭޝަނަލް ފްލައިޓް ޖެއްސި ދުވަހެވެ. ފްލައިޓުން އައި ދަތުރު ވެރިންނަކީ މުޅިންވެސް އައްޑު އަތޮޅުގައި ފުރަތަމަ ހުޅުވި ޓުއަރިސްޓް ރިސޯޓް ކަމުގައިވާ ހެރެތެރެއަށް އައި ފަތުރު ވެރިންނެވެ. އެދުވަހު އައްޑޫމިހުން ލަވަކިޔާ ބެރުޖަޙާ ނަށާ ހެދިއެވެ. “އަފިރިންގެ ހުވަފެން” ހަގީގަތަކަށް ވީކަމަށް ހީކޮށްނެވެ. 1976 ވަނަ އަހަރު ގަމުން އިގިރޭސިން ފޭބުމާ ގުޅިގެން އައި ތަދުމަޑު ކަމުގައި، ޢާމްދަނީ ހޯދުމަށް އެތައްބަޔަކު ފުރައިގެން ދިއުމާގުޅިގެން ޢާއިލާތައް ވިއްސިވިހާލިވެ މިއަދާހަމަޔަށްވެސް ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން ޢާމްދަނީ ލިބޭނެ އެއްވެސް ގޮތެއްނެތިފައިތިއްބާ މއައި ބޮޑުޢީދުގެ ޚަބަރު އަޅުގަޑުވެސް ޓީވީއިން ބެލީމެވެ. އަޅުގަޑަށް އެނަސީބު ނުލިބުނަސް އައްޑު އަތޮޅުގެ އެހެން ކިތައްމެ ބަޔަކަށް ރަށުގައި އަބިދަރިން ކާރީ ތިބެގެން ޢާމްދަނީ ލިބޭނެ މަގުހަމަޖެހުނީތީ ވަރަށް އުފާވިއެވެ. އެދުވަހު ޖެއްސި ފްލައިޓް އޭގެ ކުރިން ޖައްސަންއައި ކޮންޑޯ ފްލައިޓްހެން އަބުރާލާފަ ނުދިޔައީތީ ވެސް ވަރަށް އުފާވިއެވެ.
ހަޤީޤަތުގަވެސް އެދުވަހު އަޅުގަޑު ހީކުރީ އަފިރިންގެ ހުވަފެން ހަޤީޤތަކަށް ވީކަމަށެވެ. ނަމަވެސް ދެންއިވެންފެށީ މުޅިން އެހެން ވާހަކަ އެކެވެ. ހެރެތެރެ މުޅިން ނުނިމެނީސް އެރަށަށް ގެސްޓުން ގެނައުމުގެ ސަބަބުން ގެސްޓުންނާއި ޓްރަވެލް އެޖެންޓުން ރުޅިއައިސްގެން އުޅޭ ވާހަކަ އެވެ. ހެރެތެރޭގެ ފަޅުތެރޭގައި މޫދުވިނަ ހުރިވާކައެވެ. ވަކި ހިސާބަކުން އެއްކަލަ ޖައްސަންފެށި ފްލައިޓްތައް ހުއްޓާލައިފިއެވެ. ހެރެތެރެހިންގާ ކުންފުނި އެމްޓީ ޑީސީގެ ވެރިން ބުނީ އެތަނަށް އޮފްސީޒަން އައީ ކަމުގައެވެ. ނަމަވެސް މުޅިދިވެހިރާއްޖޭގެ އެހެން ހުރިހާ ރިސޯޓްތައް ހައި ސީޒަނުގަ އޮތްއިރު ހެރެތެރެއަށް އޮފްސީޒަން އައި ގޮތެއް ނޭގުނެވެ. ވަކި ހިސާބަކުން އެމްޓީ ޑީސީން ރަށްވެސް ކުއްޔަށް ދިނީއެވެ. އަފިރިންގެ ހުވަފެން އަނެއްކާވެސް ބިލާހަކަށްވީއެވެ.
މިހާރު އައްޑު އަތޮޅު މީހުން އިންތިޒާރު ކުރަމުން އަންނަނީ އަލަށް ހެރެތެރެއާއި ހަވާލުވި ޔޮޓް ޓުއާރސް އިން އެރަށް ރަގަޅު ފެންވަރެއްގައި ހިންގާނޭ ދުވަހަކަށެވެ. އަދި ވިލިގިލިވެސް މިއަހަރުފަހުކޮޅު ހުޅުވި ގިނަބަޔަކަށް ވަޒީފާ ލިބޭނެ ދުވަހަކަށެވެ. އިރާދަ ކުރެއްވިފެހޭ އިފިރިންގެ ހުވަފެން ހަގީގަތަކަށް ވޭހެއް.
އެއްވެސް މެޗަކުން ބަލިނުވެ ޕޮލިސް ކްލަބް ޗެމްޕިއަންކަން ހޯދައިފި.
10 July 2008އައްޑު އަތޮޅު ގަމުގެ ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯރ ކޯޓުގައި ކުޅުނު ރާއްޖޭގެ މިއަހަރުގެ އަންހެނުންގެ ވޮލީމުބާރާތް އިއްޔެ ނިމިއްޖެއެވެ. އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު ނަދީމުގެ ކޯޗްކަމުގެ ދަށުގައި ކުޅުނު ޕޮލިސް ޓީމެވެ. 6 ޓީމު ކުޅުނު މިމުބާރާތުގެ އެންމެ މޮޅުކޯޗަކަށް ހޮވުނީވެސް ނަދީމެވެ. މުބާރާތުގެ ރަނަރއަޕް ޓީމަކަށް ހޮވުނު ފޭދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިވް ޑީ ސީ) ޕޮލިސް ކްލަބާއެކު ކުޅުނު 3 މެޗުންވެސްވީ ބައްޔެވެ. މުބާރާތުގައި ބައިވެރިވި ޓީމު ތަކަށް ހަދާނީ ލިޔުން ދެއްވީ ސ. އަތޮލުގެ އަތޮޅުވެރިޔާ ސަޢުދު ޢަބްދުﷲ އެވެ. ތަށްޓާ ވަނަވަނަ އަށް އައި ޓީމުތަކާ ކުޅުންތެރިންނަށް އިނާމު ދެއްވީ މުބާރާތުގެ ޝަރަފުވެރި މެހްމާނާ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޕްރިންޑެންޓް ޖަމީލާ ޢަލީ އެވެ.
މުބާރާތުގައި ބައިވެރިވި ޓީމުތަކަކީ ސ. ފޭދޫގެ ފޭދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިވް ޑީ ސީ)، އާއި ފޭދޫ ސްޕޯރޓްސް އާއި ފޭދޫ ކުރި އާއި ޏ. ފުވައްމުލަކު ޔުނައިޓެޑް ޔޫތްސް ކްލަބާއި މަރަދޫފޭދޫ ގެ ދި އައިލޭންޑް ކޮމިއުނިޓީ އާއި ޕޮލިސް ކްލަބެވެ.
މުބާރާތުގެ ވަނަތައް:
ޗެމްޕިއަން ޓީމް: ޕޮލިސް ކްލަބް
ރަނަރ އަޕް ޓީމް: ޑަބްލިޔު ޑީ ސީ
ތިންވަނަ ޓީމް: ފުވައްމުލަކު ޔުނައިޓެޑް ޔޫތްސް ކްލަބް
ފެއަރ ޕްލޭ ޓީމް: ފޭދޫ ކުރި
އެންމެ މޮޅު ސަރވަރ: ފާތުމަތު ނަހްލާ، ފޭދޫ ސްޕޯރޓްސް
އެންމެ މޮޅު ސެޓަރު: ސުހާނާ އަހްމަދު، ޕޮލިސް ކްލަބް
އެންމެ މޮޅު ސްޕައިކަރ: ސާނީ އަންސްލީ ޒުޒާނާ، ޕޮލިސް ކްލަބް
އެންމެ މޮޅު ޑިގަރ: ހާމިދާ ޢަބްދުލް ޙަލީމް، ޕޮލިސް ކްލަބް
އެންމެ މޮޅު ބްލޮކަރ: ޕްރިޔަންކާ ބޯރޯ ޕްރިޗަންދް، ޔުނައިޓެޑް ޔޫތްސް ކްލަބް
އެންމެ މޮޅު ލިބެރޯ: އަރޫޝާ، ޕޮލިސް ކްލަބް
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: މަރީނާ އަސްނަވީ، ޑަބްލިޔު ޑީ ސީ
ފެއަރ ޕްލޭ ކުޅުންތެރިޔާ: މުސްލިމާ އިބްރާހީމް، ޔުނައިޓެޑް ޔޫތްސް ކްލަބް
އެކާވީސް އަހަރުންދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ: އައްޒާ ޢަލީ، ފޭދޫ ސްޕޯރޓްސް
އެންމެ މޮޅު ކޯޗް: މުޙައްމަދު ނަދީމް: ޕޮލިސް ކްލަބް
ނިރިހާލަ ޢަބްދުﷲ ނިޔާ ވެއްޖެ.
24 June 2008ވަރަށް ގިނަދުވަހު ބަލިކޮށް އުޅުއްވުމަށްފަހު ސ. ފޭދޫ ނިރިހާލުގޭ ޢަބްދުﷲ އިއްޔެ ނިޔާވެއްޖެއެވެ. މާތް ﷲ އެމަރްޙޫމުގެ ފުރާނައަށް ސުވަރުގޭގެ ނިޢްމަތް ލައްވާށިއެވެ. އާމީން





